ads
އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 50 އަހަރު ފުރުން ފާހަގަކުރުން
އެއާ އިންޑިއާ ރާއްޖެއަށް ދަތުރުކުރާތާ 50 އަހަރު ފުރުން ފާހަގަކޮށްފި
އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ އިން ރާއްޖެ އަަށް ދަތުރުކުރާތާ 50 އަހަރު ފުރުން އެމްއޭސީއެލުން މިއަދު ފާހަގަކޮށްފި އެވެ.
Advertisement

އެމްއޭސީއެލްއިން ބުނިގޮތުގައި މިއީ ރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރި އިންޑިއާގެ ފުރަތަމަ އެއާލައިން އެވެ.

މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި އެއަރ އިންޑިއާގެ ފްލައިޓަށް ވަނީ ވޯޓާ ސަލިއުޓެއް އަރުވައި ހޫނު މަރުޙަބާއެއް ކިޔާފަ އެވެ. މި ފްލައިޓުން މިއަދު ޖުމްލަ 139 ފަސިންޖަރުން ރާއްޖެއަށް ދަތުރުކޮށްފައި ވެއެވެ. މި ފްލައިޓުން ރާއްޖެ އައި ހުރިހާ ފަސިންޖަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ފިނިފެންމަލާއި ކުކީޒް ވަނީ ހަދިޔާކޮށްފަ އެވެ.

your imageއެއާ އިންޑިއާގެ ފްލައިޓް ވީއައިއޭއަށް އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފިނިފެން މާ ބެހުމުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްއިން ބުނީ، މިއީ އެއަރ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެއް ކަމަށެވެ.

އެއާ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 21 ފެބްރުއަރީ 1976 ގައެވެ.

އިންޑިއާއަކީ ރައްޖެއަށް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް އަންނަ ގައުމެކެވެ. ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 ގައުމުގެ ތެރޭ އިންޑިއާ ހިމެނެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;