މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ހިދުމަތް ތައާރަފު ކުރުމަށްޓަކައި، ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން މިމަހުގެ 26 ވަނަ ދުވަހު 10:30ގައި މާލެ ސިޓީ ހޯލުގައި އޮންނާނެ ކަމަށެވެ. އަދި ބިޑު ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރުކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށާއި ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމެންޓުތަކުގެ އިތުރުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ވަނީ ހުޅުވާލައިފައެވެ.
ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި ހިދުމަތް ދޭން ބޭނުންވަނީ އެއް ސީޓުގެ ހަތަރު ބަގީ އާއި އަށް ސީޓުގެ ތިން ބަގީގެ އިތުރުން ކާގޯ ދެ ބަގީކަމަށެވެ.
ސަޕްލައިކޮށްދޭން ކައުސިލުން އެދޭ ބަގީ
2023 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި ވެސް ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށިއެވެ. އޭރު އެ ހިދުމަތް ފެށީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭ މޭޔަރު ކަމުގައި ހުންނަވައިގެންނެވެ. އެހެންނަމަވެސް އެކަން ކުރިޔަށް ނުގެންދެވި ހުއްޓާލަން ޖެހުނެވެ.
އޭގެ ފަހުން މިދިޔަ ސަރުކާރުގައި މިހާރު މޭޔަރު އާދަމް އާޒިމް އެމްޓީސީސީގައި ހުންނެވިއިރު ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށާ އަދިވެސް އެ ހިދުމަތް އަންނަނީ ދެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;