ރާއްޖޭގައި ލެބޯޓްރީ ނެތް ރަށްރަށުގައި އެ ހިދުމަތް ދޭން ފެށުމަށް ހާއްސަ މަޝްރޫއެއް ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ހެލްތް މިނިސްޓްރީއިން ބުނީ، މި ހިނަގަމުންދާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން، ލެބޯރެޓަރީ ނެތް 76 ރަށެއްގައި ލެބޯޓްރީ ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިދިޔަ ބުދަދުވަހުގެ ނިޔަލަށް 11 ރަށެއްގައި ލެބޯޓްރީ ގާއިމުކުރެވި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ލެބޯޓްރީ ނެތް 76 ރަށުގައި މިއަހަރުގެ ނިޔަލަށް ލެބޯޓްރީ ގާއިމްކޮށް ނިންމަވާނެ ކަމަށެވެ. މީގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން ނުބަލަހައްޓައި ހުރުމުގެ ސަބަބުން ހަލާކުވެފައިވާ މެޝިނަރީތަކާއި އިކުއިޕްމަންޓްތައް ބަދަލުކުރުމުގެ މަޝްރޫއެއް އެސްޓީއޯއާ ހަވާލުކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތްތައް ފުޅާކުރުމަކީ ރައީސް މުއިއްޒުގެ "ހަފްތާ 14" އެޖެންޑާގައި ހިމެނޭ މުހިންމު ވައުދެކެވެ. މި މަޝްރޫއުގެ ދަށުން ރަށްރަށުގައި ލެބޯޓްރީގެ ހިދުމަތް ތައާރަފް ކުރަނީ "ޕޮއިންޓް އޮފް ކެއަރ" ޓެސްޓިން އުސޫލުންނެވެ.
ސަރުކާރުން މި މަޝްރޫއު ރަސްމީކޮށް އިއުލާންކުރީ 2024 ފެބްރުއަރީ 22 ގައެވެ. މި މަސައްކަތް ނިމުމުން، ކުދި ރަށްތަކުގެ ރައްޔިތުން ޓެސްޓުތައް ހެދުމަށް އެހެން ރަށްރަށަށް ދާންޖެހޭ ދިއުމަށް ނިމުމެއް އައިސް، ރަށުގައި ތިބެގެން އަސާސީ ލެބޯޓްރީ ހިދުމަތްތައް ލިބިގެންދާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;