އޮޑިޓް އޮފީހުން މިއަދު ނެރުނު އެ ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިދާރާއިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާގެ ދަފްތަަރުގައި 2023 ވަނަ އަހަރުގެ ނިޔަލަށް 960،124 ރުފިޔާ ލިބެންޖެހޭ ކަމަށް ހިމަނާފައިވެ އެވެ. ނަމަވެސް އޮޑިޓަށް ފޯރުކޮށްދީފައިވާ ލިބެންޖެހޭ ފައިސާގެ ދަފްތަރުގައި ހިމަނާފައި ނުވާ އިތުރު 1،273،995 ރުފިޔާ 2023 ވަނަ އަހަރުގެ ނިޔަލަށް ކައުންސިލުގެ އިދާރާއަށް ލިބެން ޖެހޭ ކަމަށް އެކި ލިޔެކިޔުންތަކުން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓުގައި ވެ އެވެ.
މި ރިޕޯޓުގައިވާ ގޮތުން، ކައުންސިލަށް ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވަނީ އަތޮޅު ކައުންސިލްގެ ރައީސެވެ.
އޮޑިޓް ރިޕޯޓުގެ ތާވަލު ތިނެއްގައިވާ ގޮތުން، އަތޮޅު ކައުންސިލަށް އެންމެ ގިނަ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަތޮޅު ކައުންސިލްގެ ރައީސް ދައްކަވަންޖެހޭ 118,220 ރުފިޔާގެ ތެރެއިން 89,820 ރުފިޔާއަކީ ސްޓޭޓް ހައުސްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެވެ. މި ފައިސާއަކީ 20 މޭ 2021 ގައި ނެރެފައިވާ ސާކިއުލާ "އަތޮޅުތަކުން، އަތޮޅު ކައުންސިލްގެ ރައީސްގެ އެކޮމޮޑޭޝަނާއި ފަރިއްކޮޅު ހަމަޖެއްސުމާބެހޭ" ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ދައްކަންޖެހޭ ފައިސާ އެވެ.
މިއީ ނ. އަތޮޅު ކައުންސިލްގެ ރައީސް ސްޓޭޓް ހައުސްގައި ހުންނެވުމުގެ އިންތިޒާމް ހަމަޖައްސާފައިވުމާ ގުޅިގެން، 19 މޭ 2021 އިން ފެށިގެން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ލިބިފައިނުވާ ފައިސާކަމަށް އޮޑިޓްގައި ވެއެވެ.
މީގެ އިތުރުން، ކައުންސިލްގެ ރައީސް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ޖުމުލަ 28,400 ރުފިޔާއަކީ ލޯންޗު ދަތުރުތަކަށް ލިބެންޖެހޭ ފައިސާއެވެ. މީގެ ތެރޭގައި ކެމްޕޭން ހަރަކާތްތަކަށް ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ހިމެނޭކަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓްގައި ދެން ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި އެ ކައުންސިލަށް ލިބެން ޖެހޭ ފައިސާގެ ފުރިހަމަ ރަޖިސްޓްރީއެއް ބަލަހައްޓާފައި ނުވުމާއި ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ނުވަތަ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުން ހިމެނެ އެވެ.
މުސާރަ އާއި އިނާޔަތް ދިނުމުގައި އަމަލުކޮށްފައިވާ ގޮތުން އޮޑިޓްގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި އޮނިގަނޑުގައި ހިމެނުމެއް ނެތި މުވައްޒަފުން ނެގުމާއި ރޭންޖާއި މަގާމުތައް އުފެއްދުމުގައި ކައުންސިލުން ސިވިލް ސާވިސް ކޮމިޝަނާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަން ވެސް އޮޑިޓް ރިޕޯޓުން ފާހަގަވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;