ads
ހުކުރު ހުތުބާ ކުއިޒް، ބައިވެރިވެގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު
ހުކުރު ހުތުބާ އަޑުއަހައިގެން އުމްރާއަށް ދާން މިނިސްޓްރީން ފުރުސަތުދެނީ
ހުކުރު ހުތުބާ އަޑުއަހައިގެން އުމްރާއަށް ދިޔުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
Advertisement

އިސްލާމިިކް މިނިސްޓްރީން ވަނީ "ހުކުރު ހުތުބާ ކުއިޒް" ގެ ނަމުގައި  ކުއިޒެއް މިއަދު އިފްތިތާހުކޮށްފައެވެ. 

މި ކުއިޒު އަމާޒުކޮށްފައިވަނީ 7 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިގޮތުން ތިން އުމުރު ފުރާއަކަށް ބަހާލާފައިވާކަމަށް މިނިސްޓްރީން ބުނެެއެވެ. 

އުމުރު ފުރާތައް 

  • 7 އަހަރާއި 9 އަހަރާއި ދެމެދު
  • 10 އަހަރާއި 12 އަހަރާއި ދެމެދު
  • 13 އަހަރާއި 15 އަހަރާއި ދެމެދު  

ކޮންމެ އުމުރު ފުރާއަކަށްވެސް ސުވާލުތައް ހުންނާނީ އެ އުމުރުފުރާއަކާއި ގުޅޭގޮތަށް ކަމަށެވެ. މި ކުއިޒުން ކޮންމެ އުމުރުފުރާއަކުން އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކޮށް އެއްވަނަ އަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

އިތުރު އިނާމުތައް ކޮންމެ އުމުރުފުރާއަކަށްވެސް

  • 2 ވަނަ: -/1000 ރުފިޔާގެ ފައިސާގެ އިނާމު
  • 3 ވަނަ: -/500 ރުފިޔާގެ ފައިސާގެ އިނާމު

މި ކުއިޒުގައި ބައިވެރިވުމަށްޓަކައި  މިކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ވަންނަން ޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ. މި ކޮމިއުނިޓީ ގްރޫޕުގެ ލިންކަކީ: https://invite.viber.com/?g2=AQAbinPB6xYicFYdNriAFZqhSTqTNphujAPtv9QieMHhq25fJVzTH%2BZNaL7bXwz%2B

މުބާރާތް ކުރިއަށް ގެންދާނެ ގޮތް

  • ޕްލެޓްފޯމް: މައިކްރޮސޮފްޓް ފޯމްސް (ފޯނުން ނުވަތަ ކޮމްޕިއުޓަރުން ބައިވެރިވެވޭނެ).
  • ފޯމެޓް: "އޯޕަން ބުކް" ކުއިޒް (ޖަވާބު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓުން ހުތުބާ ކިޔުމާއި ބެލެނިވެރިންގެ އެހީތެރިކަން ހޯދޭނެ).
  • ވަގުތު: ކޮންމެ ބުދަ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އަށް ކުއިޒް ހުޅުވާލެވިފައި ހުންނާނެ.
  • ބަސް: ދިވެހި ބަހުން.

މުބާރާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ހުކުރު ހުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމާއި ހުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މަޢުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން އާއިލާތަކުގެ މެދުގައި ހުކުރު ޚުތުބާގެ މައުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫޙު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުން ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;