ފުލުހުންގެ ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ރޯދަމަހަށް ހާއްސަކޮށް ފުލުހުން ކުރިއަށް ގެންދާ ފަހިރާސްތާ ޕްރޮގްރާމްގައި އިއްޔެ 62 ވެހިކަލެއް ޗެކް ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގަވާއިދާ އެއްގޮަތަށް ހުރީ ކިތައް ވެހިކަލް ކަމެއް ނުބުނެ އެވެ.
ފުލުހުން އިއްޔެ ބަލައިފާސްކުރި އުޅަނދެއް، ގަވައިދާ އެއްގޮތަށް ހުރުމުން ހަދިޔާ ދެނީ - ފޮޓޯ: ފުލުހުން
އެ ހަރަކާތުގައި، ގަވާއިދާ އެއްގޮތަށް ހުރި ކަމަށް ފާހަގަވި އުޅަނދުތަކުގެ ވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ މީހުންނަށް ހަދިޔާތައް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހަދިޔާތަކަކީ ފުލުހުން "ރައްކާ" ހަރަކާތުގެ ޕާޓްނަރުން ފޯރުކޮށްދީފައިވާ ހަދިޔާތައްކަން އެ މުއައްސަސާއިން ފާހަގަކުރި އެވެ.
އެ ޕާޓްނަރުންގެ ތެރޭގައި އެލައިޑް އިންޝޫރެންސް ކުންފުންޏާއި އުރީދޫ މޯލްޑިވްސް އާއި އެމްޓީސީސީ ހިމެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;