ads
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވުން
ނަވީން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.
Advertisement

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށް ފަހު ޝަރަފުވެރިކަމާއެކު ފުލުހުންގެ ހިދުމަތުން އޭނާ ވަކިވެވަޑައިގެންފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

އިސްމާއީލް ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައި ވެއެވެ.

އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ވަނީ ނަވީންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;