ads
ރާއްޖެއާއި ޑެންމާކްއާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކޮށްފައިވަނީ، 8 ނޮވެންބަރު 1982 ގަ
ގީލާ، ޑެންމާކުގެ ރަސްގެފާނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެއިން ޑެންމާކަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، ގީލާ އަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޑެންމާކުގެ ރަސްގެފާނު "'ފްރެޑްރިކް އެކްސް" އަށް އަރުއްވައިފި އެވެ.
Advertisement

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޯޕަންހޭގަންގައި ހުންނަ "ކްރިސްޓިއަންސްބޯގް" ޕެލަސްގަ އެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ގީލާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑެންމާކުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދު ކޮށްދެއްވާފަ އެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ސަފީރު ފާހަގަކުރެއްވި އެވެ. މި މަސައްކަތުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އާ ހިސާބަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެކަމަނާ ދެއްވި އެވެ.

ރާއްޖެއާއި ޑެންމާކްއާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކޮށްފައިވަނީ، 8 ނޮވެންބަރު 1982 ގައެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;