ads
އަހްމަދު ނިމާލު
ފިލްމީ ތަރި ނިމާލު ނިޔާވެއްޖެ
ދިވެހި ފިލްމު އިންޑަސްޓްރީގެ ލެޖެންޑަރީ ތަރި އަހްމަދު ނިމާލު ނިޔާވެއްޖެއެވެ.
Advertisement

ނިމާލު ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. 

ނިމާލު ނިޔާވީ މިދިޔަ މަހު ކުރީކޮޅު ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. 

މިދިޔަ ޑީސެމްބަރު 31 ވަނަ ދުވަހުގެ ރޭ ނިމާލަށް ސްޓްރޯކެއް ޖެހިގެން ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އޭގެ ފަހުން ޖެހިގެން އައި ދުވަހު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

އުމުރުން  62 އަހަރުގެ ނިމާލަކީ ފިލްމީ ތަރިއެއްގެ އިތުރުން ކުޅަދާނަ ޑައިރެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.

ފިލްމު "ނުފޫޒު"ގެ ތެރެއިން 1984 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިކުމެފައިވާ ނިމާލު ވަނީ ފިލްމީ ދާއިރާގައި ގިނަ ފިލްމުތަކެއް ކުޅެ އަދި ގިނަ ފިލްމުތަކެއް ޑައިރެކްޓްވެސްކޮށްފައެވެ. 

1993 ވަނަ އަހަރުގެ ތެރޭގައި ނިމާލް ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި "ސިޓީ"އަކީ ދިވެހި ތާރީހުގައި ދިވެހިންގެ މަގުބޫލުކަން ހޯދި އަދި އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

ނިމާލު ހިމެނުނު  ޓީ.ވީ.ގެ ފަރާތުން ތައްޔާރުކުރެއްވި ޕްރޮގްރާމްތަކުގެ ތެރޭގައި "މީ ކާކު؟" އާއި "ތަރިންގެ ވިދުވަރު" ފަދަ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ. އަދި މުހައްނަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓްކުރި
"ސަޅިބައިސާ" ނިމާލު ފެނިގެން ދިޔަ އެންމެ ކާމިޔާބު އަދި އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އެއް ޑްރާމާ ސީރީޒްއެވެ. ސަޅިބައިސާގެ ތެރޭގައި ހިމެނެނީ "ރުޅިގަދަ އަލީ"، "ޢިޝްޤީ އަލީ"، "ޕްރޮފެސަރު ޖަރުމަނު ޢަލީ"  މި ނިމާލުގެ ގިނަ ބަޔަކަށް ކަމުފިޔަ ކެރެކްޓާ ތަކެވެ.

އެންމެ ފަހުން ނިމާލް ފެނިގެން ދިޔައީ މިދިޔަ އަހަރު ނުކުތް " ކޮސް ގިނަ މިސްޓޭކް" ގައެވެ. 

ނިމާލްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މުހައްމަދު ޖުމައްޔިލް ނިމާލަކީ ވެސް ފިލްމް އިންޑަސްޓްރީގައި މަގުބޫލު އަދި ކުޅަދާނަ އެކްޓަރެކެވެ.

1991 ވަނަ އަހަރު ދައުލަތުން ވަނީ ތަމްސީލު ކުޅުމުގެ ރޮނގުން އާންމުހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ނިމާލަށް ދެއްވާފަ އެވެ.

8%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;