ކީރިތި ގުރްއާން ހިތުދަސްކުރި ހާފިޒުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، އަންނަ މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މެޑެއްޔާއި އިނާމު ދިނުން އޮންނާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި އެ ރޭ ބާއްވާ ހާއްސަ ޖަލްސާގައިަކަމަށް ރައީސް އޮފީހުން ބުނެއެވެ. ކީރިތި ގުރްއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު 50 ހާފިޒުންނަށް ލިބޭނެކަަމަށް ރައީސް އޮފީހުން ބުނެއެވެ.
ތާރީހީ ގޮތުން އެންމެ ގިނަ އަދަދަކަށް ގުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރަކީ މީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކީރިތި ގުރްއާން ހިތުދަސްކުރި ހާފިޒުންނަށް އެންމެ ފަހުން ރައީސް މެޑެއްޔާއި އިނާމު ދެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައެވެ. އެ އަހަރު 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބުނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;