ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާ އިރު، މިދިޔަ އަހަރަކީ އެ ބޭންކަށް ރެކޯޑް އަހަރެކެވެ. އެގޮތުން ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބޭންކުން އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައިވާ އިރުި، މިއީ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރުކަން ބީއެމްއެލުން ފާހަގަކޮޮށްފައިވެ އެވެ.
މިދިޔަ އަހަރު 30،000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން ބީއެމްއެލްއާ ގުޅުނު އިރ ކަސްޓަމަރުންގެ ޑިޕޮސިޓް މިދިޔަ އަހަރު އޭގެ ކުރީ އަަހަރަށް 16 ޕަސެންޓް އިތުރެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ބީއެމްއެލުން މާލީގޮތުން ރަނގަޅު ނަތީޖާއެއް ހޯދައި، އިޖުތިމާއީގޮތުން ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވޭނެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، މިދިޔަ އަހަރު އެ ބޭންކަށް ހޯދުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބިއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ގާއިމްކުރުމެވެ.
މި މަޝްރޫއަށް ރާއްޖެ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ހާއްސަ ސަމާލުކަމެއް ލިބިފައިވާއިރު، މާލީ ހިދުމަތްތަކުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ "ކޯރަސް" އިން ދޭ "އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑް މި މަޝްރޫއާ ގުޅިގެން ބީއެމްއެލްއަށް ވަނީ ލިބިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;