މިދިޔަ ޑިސެމްބަރު މަހުގެ 31ގައި އޭނާއަށް ސްޓްރޯކެއް ޖެހިގެން ފުރަތަމަ ގެންދިޔައީ އޭޑީކޭއަށެވެ. އޭގެ ފަހުން އައިޖީއެމްއެޗަށް ބަދަލުކުރިޔަސް، އޭނާއަށް ފަރުވާދެމުން ދިޔައީ އައިސީޔޫގަ އެވެ.
ނިމާލް، 62، އަވަހާރަވީ އައިޖީއެމްއެޗުގައި މިއަދު ހެނދުނެވެ. އޭނާގެ ކަށުނަމާދު މިއަދުގެ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސުގައި ރައީސްވަނީ ތަމްސީލުކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލް ނިޔާވުމުގެ ހިތާމައިގައި އެއާއިލާއަށް ތަޢުޒިޔާ ދަންނަވާފަ އެވެ.
އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ނިމާލްގެ ފުރާނައަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުއާ ދަންނަވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;