ads
ވެލާނާގެ
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ގޭގައި މަސައްކަތް ކުރަން 3 ގޮތެއް
ސިވިލް ސާވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން އޮފީހަށް ހާޒިރު ނުވެ އޮފީހުގެ ރަސްމީ މަސައްކަތްތައް ގޭގައި ކުރުމަށް ތިން ގޮތެއް ކަނޑައަޅާ ގަވައިދު އެކުލަވާލައިފިއެވެ.
Advertisement

ސިވިލް ސާވިސްގައި މަސައްކަތް ކުރާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން (މަންމަ ނުވަތަ ބައްޕަ، ނުވަތަ ބަލަދުވެރިޔާ) އޮފީހަށް ހާޒިރުނުވެ، ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއަހަރު ހަމަޖައްސަވާނެކަން އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒެވެ.  

އެކަމަށް ބޭނުންވާ އުސޫލު އެކުލަވާލާ، ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދަށް އިސްލާހު ގެނެސް އެ ކޮމިޝަނުން ވާނީ އާއްމުކޮށްފައެވެ. 

އެ ގަވައިދުގައިވާ ގޮތުން ގޭގައި މަސައްކަތްކުރުމުގެ ހުއްދަ ބެލެނިވެރިޔާއަށް ދޭނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ އާއްމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް، ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކޮށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ވަނީ ދަރަޖަކޮށްފައެވެ. 

ބެލެނިވެރިން ދަރަޖަކޮށްފައިވާ ގޮތް 

  1. އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިން.
  2. އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން މެދުމިންވަރަކަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން. 
  3. އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންނުވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން

މި ގަވައިދު ބުނާގޮތުން ދަރަޖަ 1 ގައިވާ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭން ޖެހެއެވެ. އަދި  ދަރަޖަ 2 އާއި ދަރަޖަ 3 ގައިވާ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނ،ީ ނުކުޅުދުންތެރިކަން ހުންނަ ފަރާތުގެ ގާތުގައި ކޮންމެހެންވެސް ހުންނަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަކަމަށް ގަވައިދުގައިވެއެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުން ހަވާލުކުރާ މަސައްކަތަކީ ގޭގައި ހުރެގެން ކުރެވޭ ފަދަ މަސައްކަތަކަށް ވާން ޖެހޭނެކަމަށެވެ. އަދި އެކަން ކުރުމަށް އެކަށީގެންވާ ވަސީލަތްތަކާއި މާހައުލެއް އޮތްކަން ކަށަވަރުކުރަން ވާނެކަމަށްވެސް ގަވައިދުގައިވެއެވެ.

މީގެއިތުރުން އޮފީހަށް ހާޒިރުވެގެން ކުރަން ޖެހޭ ކަމެއް އޮތް ނަމަ، އެކަމަށް އެދުމުން އޮފީހަށް ހާޒިރުވާން ޖެހޭނެކަމަށާއި ގޭގައި ހުރެގެން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭނަމަ، އެކަމަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރެވިދާނެކަމަށްވެސް މި ގަވައިދުގައި ވެއެވެ.

ގަވައިދު ބުނާގޮތުން ޓީޗަރުންނާއި ނަރުހުންނާއި ހިންގުމުގެ އިސް ފަންތީގެ މުވައްޒަފުން ފަަދަ، ތަނަކަށް ހާޒިރުވެގެން މަސައްކަތް ކުރަން ޖެހޭ މީހުން މި ލުއިން އިސްތިސްނާވެއެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ގަވައިދަށް އަމަލުކުރަން ފަށާނެކަމަށްވެސް ސިވިލް ސާރވިސް ކޮމިޝަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;