ads
ގިރާވަރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކުން
ގިރާވަރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
Advertisement

ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެކެވެ. ނަމަވެސް 97.15 ހެކްޓަރުކަން ފާހަގަކޮށްފައިވަނީ، މީގެ ކުރިން 50 ނުވަތަ 54 ހެކްޓަރުގެ ބިން ހިއްކާފައިވާތީ އެވެ. އެ ބިން ހިއްކާފައިވާކަން ސަރުކާރުން ވެސް ވަނީ ހާމަކޮށްފަ އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.

އެމްއޭސީއެލުން ބުނިގޮތުގައި ހިއްކަން ޖެހޭ 97.15 ހެކްޓަރުގެ ތެރެއިން މިއަދާއި ހަމައަށް 15 ހެކްޓަރު ހިއްކައި ވަނީ ނިމިފަ އެވެ. އެއީ މުޅި މަޝްރޫއުގެ އިންސައްތައަށް ބަލާނަމަ، 15.44 އިންސައްތަ އެވެ.

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައިވެ އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;