ads
ޝްވެތާ އާއި އޭނާގެ ދަރިފުޅު ނަވްޔާ--
އަމީތާބުގެ ކާފަ ދަރިއަށް ގްރެޖުއޭޝަނަށް ނުދެވުމުން ގޭގައި ގްރެޖުއޭޝަން ހަފުލާއެއް
ބޮލީވުޑުގެ ތަރި، އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު، ނަވްޔާ ނަވޭލީ ނަންޑާއަށް ނިއުޔޯކުގައި އޮތް ގްރެޑުއޭޝަން ހަފުލާގައި ބައިވެރިވެވޭގޮތް ނުވުމުން ގޭގައި ގްރެޖުއޭޝަން ހަފުލާ ބާއްވައިފި އެވެ.

އަމީތާބު ވަނީ އިންސްޓަގްރާމު މެދުވެރިކޮށް ނަވްޔާގެ ގްރެޖުއޭޝަން ދުވަސް ކަމަށް ބުނެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ފޮޓޯ އިން ފެނިގެންދަނީ ގައުން ލައިގެން ގްރެޖުއޭޝަން ހަފުލާއަށް ނަވްޔާ ވަރަށް ތައްޔާރުވެފައިވާ މަންޒަރެވެ. 

އަމީތާބު ބުނީ، އެ ހަފުލާގައި އޭނާއަށް ބައިވެރި ނުވެވުނީ ކޮވިޑް-19 އާ ގުޅިގެން ދަތުރުކުރުން ހުއްޓިފައިވާތީ ކަމަށެވެ. އެކަމަކު ގްރެޖުއޭޝަނުގައި ބައިވެރިވާން ނަވްޔާ ވަރަށް ބޭނުންވި ކަމަށާއި މިހެންވެ ހަފުލާއަށް ނުދެވުނަސް ގޭގައި އެގޮތަށް ހެދުން އަޅައިގެން ފޮޓޯ ޝޫޓެއް ކުރިއަށް ގެންދިޔައީ ކަމަށެވެ.

އުމުރުން 23 އަހަރުގެ ނަވްޔާއަކީ އަމީތާބުގެ އެންމެ ދޮށީ ކާފަ ދަރި އެވެ. އޭނާ ކިޔަވާފައި ވަނީ ކޮން ދާއިރާއަކުންކަމެއް ހިއްސާއެއް ނުކުރެ އެވެ. 

ނަވްޔާގެ އިތުރުން ވެސް އަމީތާބުގެ އަންހެން ދަރިފުޅު ޝްވެތާގެ ފިރިހެން ކުއްޖަކު ހުރެ އެވެ.

ނަވްޔާ ވެސް ކިޔަވާ ނިމުމުން ބޮލީވުޑަށް ތައާރަފުވާނެ ކަމުގެ އަޑުތައް ގަދަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް