ads
އެއާ އަރަބިއްޔާއިން ފުރާ ފަސިންޖަރުން އާ ޓާމިނަލްގައި
މެދުއިރުމަތީގެ ހަމަނުޖެހުން ތަކުގެ ސަބަބުން ގިނަ ފްލައިޓްތަކެއް މިއަދު ވެސް ކެންސަލް
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ބޮޑު ބައެއްގެ ވައިގެ ސަރަހައްދު ބަންދުކުރާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން 23 ފްލައިޓެއް މިއަދު ވެސް ކެންސަލް ކޮށްފި އެވެ.
Advertisement

ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ރޭ ވިދާޅުވީ ފަސިންޖަރުން ތިބުމަށް ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ޑިޕާޗާ ހޯލް މަމަޖައްސައި، ވައިފައި ލިބޭނެ އިންތިޒާމު ވެސް އެމްއޭސީއެލް އިން ހަމަޖައްސާފައިވާ ކަމަށެވެ.

"ފަތުރުވެރިންނަށް ތިބެވޭނެ ގޮތަށް، ގޮނޑި އާއި ވައިފައި ވެސް ފަތުރުވެރިންނަށް ލިބޭ ގޮތަށް ހަމަޖައްސައިދެއްވާ، ފަތުރުވެރިން މިތަނަށް ބަދަލު ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

އިއްޔެ ވެސް ގިނަ ފްލައިޓް ކެންސަލްވެގެން ދިޔައިރު، އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ވީއައިއޭއަށް 14 ފްލައިޓެއް ކެންސަލް ކުރާނެ ކަމަށާއި އެކަމުން އެނގިގެން ދަނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުމަކީ ނާޒުކު، އަދި ރާއްޖެއަށް އެކަމުން ވަރަށް އަވަހަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.

މިހާރުގެ ހާލަތާ ގުޅިގެން ފަތުރުވެރިން އެއާޕޯޓަށް ދިޔުމުގެ ކުރިން ފްލައިޓަށް އަންނަ ބަދަލުތައް ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވެ، އެ ސަރަހައްދުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުވުމާއި ގުޅިގެން، އެ ސަރަހައްދުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކާއި ގުޅި ލާމެހިފައިވާ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބުރުއަރާފަ އެވެ. 

މި ހާލަތާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެއް ހިއްސާދާރު މާޓާޓޯ އިން ނެރުނު ބަޔާނުގައި، ސަރަހައްދީ ގޮތުން މަސްރަހު ހޫނުވުމާއި ގުޅިގެން ފްލައިޓްތައް ކެންސަލްވެ، އޮޕަރޭޝަނަލް ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށް ބުނިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;