މިއަދު ހެދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅުއްވައި އެ ބޭފުޅުންނާއި އެ ގައުމުތަކަށް ރާއްޖޭގެ ތާއީދާއި މަދަދު އޮތްކަން ހާމަކުރެއްވުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކުށްވެރިކުރައްވަނީ އީރާނުގެ ހަމަލަތައް އެކަނި ނޫން ކަމަށެވެ. އިރާނަކި ރާއްޖެ ވެސް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރެކެވެ. މިއީ އިސްލާމީ ގައުމުތަކުގެ މައްޗަށް ބިނާވެފައިވާ ޖަމާއަތެކެވެ. ހަނގުރާމަ ހުއްޓައިލަން ރާއްޖެއިން ގޮވައިލާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެމެރިކާ، އިޒްރޭލް އަދި އީރާނުން ދެމުންދާ ހަމަލާތައް ވެސް ކުށްވެރިކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ އެމެރިކާއިން ބޭނުންވާއިރަށް ގައުމުތަކަށް ހަމަލާދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް، އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާ އަވަހާރަވުމާ ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ހަނގުރާމާގައި ކޮންމެ މުސްލިމަކު މަރުވިޔަސް އެއީ ހިތާމައެއް ކަމަށެވެ.
އެމެރިކާގެ ހަމަލާތަކުގައި އީރާނުން މަރުވި މީހުންގެ އަދަދު 200 އަށް ވުރެ މަތިވެފައި ވާއިރު އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާ އާއި އެގައުމުގެ އިސް 48 ބޭފުޅަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;