ads
ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުން
ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
Advertisement

އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ބޭއްވި ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، ރާއްޖޭގެ ފޮރިން މިނިސްޓަރު، ޑރ އަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އަދާމެވެ.

އެ ބައްދަލުވުމުގައި، މެމްބަރު ގައުމުތަކުން ވަނީ ކޮމަންވެލްތުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް އެޖަމުޢިއްޔާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި އަދި މި އަހަރުގެ ނޮވެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމަކީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ މައްސަލަތަކަށް މި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވި އެވެ. 

ކޮމަންވެލްތަކީ، 56 މެންބަރު ގައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެކެވެ. ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، އެ ޖަމާއަތާ ގުޅިގެން ތަފާތު ދާއިރާތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ރާއްޖެއިން ދަނީ އިސްދައުރެއް އަދާކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;