100 ވުރެ ގިނަ މީހުން އަތުން ފައިސާ ނެގުމަށްފަހު އަބްރާރު ގްރޫޕުން އުމްރާއަށް ނުދެވޭނެކަން އުމްރާވެރިންނަށް އެންގި އެ މީހުން ފުރަން އޮތް ދުވަހުއެވެ. އަދި އއެކަމުގެ ސަބަބުން އެތައް ބަޔަކށް އުމްރާ ނުދެވި ތާށިވިއެވެ.
ފުލުހުން ބުނީ އަބްރާރުގެ ގްރޫޕްގެ މައްސަލަ އެ އިދާރާއަށް މިމަހުގެ 4 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އަބްރާރު ގުރޫފްގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަބްރާރު ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރަން ހަމަޖެއްސި މީހުންގެ ދަތުރު އެންމެ ފަހު ވަގުތު ކެންސަލްކުރި މައްސަލާގައި ޝަކުވާ ލިބުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެނގުނީ ދަތުރު ކެންސަލް ކޮށްފައި ވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި، ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމުގެ އުސޫލާ ހިލާފަށްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، ކުންފުންޏާ ދެކޮޅަށް އަޅަންޖެހޭ އެހެން ފިޔަވަޅުތައްވެސް އަޅާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
މި ރޯދަ މަހު އުމްރާއަށް ދާން ފައިސާ ދައްކާ އެކި ސަބަބުތަކާއި ހެދި ނުދެވުނު މީހުން ހައްޖު ކޯޕަރޭޝަނުން ވަނީ އިއްޔެ ރޭ އުމްރާއަށް ގެންގޮސްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;