އެމްއައިބީން ބުނީ މިއަދުން ފެށިގެން އީދު ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ބިޒްނަސް ބްރާންޗްގެ ކަސްޓަމަރުންނަށް ބިޒްނަސް ބޭންކިންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:30 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށެވެ. އެ މުއްދަތުގައި މާލޭގައި ހުންނަ ބިޒްނަސް ބްރާންޗުން ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ ކުރުމުގެ ކަޓްއޯފް ޓައިމަކީ ހެނދުނު 11:00 އިން 12:00 އަށް ކަމަށް އެމްއައިބީގެ އިއުލާނުގައި ވެއެވެ.
ޝައްވާލު މަހުގެ ހަ ރޯދައިގެ ތެރެއިން މި މަހުގެ 23 އިން 26 އަށް އެމްއައިބީ ބިޒްނަސް ބޭންކިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 9.30 އިން 14:00 އަށެވެ. އަދި، ޓީޓީ ކުރުމުގެ ހިދުމަތްދޭ ގަޑިއަކީ ހެނދުނު 9:30 އިން 11:00 އަށް ކަމަށް ވެސް އެމްއައިބީން ބުނެފައިވެ އެވެ.
މިއަދުން ފެށިގެން ރޯދަމަހުގެ ފަހު ދިހައަކާ ހަމައަށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް އޮފީހުން ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;