ads
އިންތިހާބެެއްގައި ވޯޓްލަނީ
ފައިނަލް ލިސްޓް ނެރެފި، ވޯޓްލެވެނީ 294،876 މީހުންނަށް
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ނެރެފިއެވެ.
Advertisement

އެ ކޮމިޝަންގެ ލިސްޓްގައިވާ ގޮތުން ތިން ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. 

އެންމެ ފުރަތަމަ އީސީން ނެރުނު ލިސްޓުގައިވާ ގޮތުން ވޯޓް ދިނުމުގެ ހައްގުލިބިގެންވަނީ 294،937 މީހުންނަށެވެ. 

އެޕްރިލްމަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި 588 ވޯޓް ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނަފައެވެ. އެގޮތުން މި އިންތިހާބުގައި ވެރިރަށް މާލޭ ސަރަހައްދުގައި 240 ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ. އެއީ މާލޭ ރައްޔިތުން ވޯޓްލުމަށް ބަހައްޓާ 98 ފޮއްޓާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި ބަހައްޓާ 142 ފޮށްޓެވެ. 

މީގެ އިތުރުން 21 ރިސޯޓެއްގައިވެސް ވޯޓް ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ރީ ރެޖިސްޓްރީގައި އައި ބަދަލުން ސިނާއީ މަސައްކަތްކުރާ ރަށްތަކާއި ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ނުބަހައްޓަން އީސީން ވަނީ ނިންމާފައެވެ.  

ލޯކަލް ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާކަމަށް އީސީން ވަނީ ބުނެފައެވެ. އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރާކަމަށް އީސީން ބުނެއެވެ. ސީޔާސީ ޕާޓީތަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީއިންނެވެ.

ލޯކަލް ކައުނސިލް އިންތިހާބުގައި ވާދަކުރާ ޕާޓީތަކާއި ކެންޑިޑޭޓުންގެ އަދަދު

  • ޕީއެންސީ 665 ކެންޑިޑޭޓުން
  • އެމްޑީޕީ 495 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ 8 ކެންޑިޑޭޓުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް 31 ކެންޑިޑޭޓުން
  • ދަ ޑިމޮކްރެޓްސް 8 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ 3 ކެންޑިޑޭޓުން

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި 5 ސިޔާސީ ޕާޓީއަކުން 1116 މީހުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަނީ 267 ކެންޑިޑޭޓުން ނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް

  • ޕީއެންސީ 658 ކެންޑިޑޭޓުން
  • އެމްޑީޕީ 417 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ 7 ކެންޑިޑޭޓުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް 28 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ 6 ކެންޑިޑޭޓުން

 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;