ads
ޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އިރާގުގެ ކުރުދިސްތާން ސަރަޙައްދުގައި ހުންނަ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ދިން ހަމަލާ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
Advertisement

މި ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރެނު ބަޔާނުގައި ވިދާޅުވީ ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާ ހިލާފު ކަމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ ޑިޕްލޮމެޓިކް އުސޫލުތަކަށް ހުރަސްއެޅޭ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރެއްވި އެވެ. 

ދިވެހި ސަރުކާރުންވަނީ ބޭރު ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތައް ހިމާޔަތް ކުރުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ، ޔޫއޭއީ ސަރުކާރާއި ރައްޔިތުންނާއި އެކުގައި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އިރާގުގެ ކުރުދީން އުޅޭ ސަރަހައްދުގައި ހުންނަ ޔޫއޭއީ ކޮންސިއުލޭޓަށް ޑްރޯން ހަމަލާއެއް ދީފައިވަނީ ހޯމަ ދުވަހުގެ ދަންވަރު ވަގުތެއްގަ އެވެ. މި ހަމަލާ، ގަލްފުގެ ގިނަ ގައުމުތަކުގެ ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;