1447 ވަނަ އަހަރު މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މާލެގައި ހުންނަ ސެންޓާ ފޯ ސެކަންޑަރީ އެޑިޔުކޭޝަންގަ އެވެ.
ޒަކާތު ހައުސް އިން ބުނި ގޮވާމުން ޒަކާތް ބަލައިގަންނާނީ މިމަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ކަމަށެވެ. އަދި މިމަހުގެ 16 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަދި މެންދުރު ފަހު 1:00 އިން ހަވީރު 3:00 އާ ހަމައަށެވެ.
• އާދައިގެ ހަނޑޫ
• ތައިލެންޑް ހަނޑޫ
• ބާސްމަތީ ހަނޑޫ
• ރަތް ހަނޑޫ
• ގޮދަން ފުށް
• އާޓާ ފުށް
ފިތުރު ޒަކާތުގެގޮތުގައި ދައްކާނީ އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިދިޔަ 3 ރޯދަމަހާ އަޅާބަލާއިރު، އެންމެ ގިނަ އަދަދަކަށް ފުރަތަމަ 15ގައި ޒަކާތް ލިބުނު އަހަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;