ads
ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކުރަން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ފުލުހުން
ބިދޭސީންނަށް މުސާރަދޭން ރިޒްއަށް އަންގައިފި
ބ. އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތްކުރާ އާރު.އައި.އެކްސް ޕްރައިވެޓްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން އެ ކުންފުންޏަށް އަންގައިފި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންތަކެއް މުސާރަ ނުލިބިގެން މީގެ ކުރިން މުޒާހަރާ ވެސް ކޮށްފައިވާއިރު އެކަމާއި ގުޅިގެން ލޭބާ އޮތޯރިޓީން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި މިލަންދޫ ދާއިދާގެ މެމްބަރު އަލީ ރިޒާ އަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ފުލުހުންގެ އެދުމުގެ މަތިން، ހަތަރެއް ޖުލައި ގައި އެއޮތޯރިޓީގެ ވަޒީފާއާބެހޭ 02
އޮފިސަރަކު ވާނީ ބޮޑުފިނޮޅަށްގޮސް، ބިދޭސީންގެ މުސާރައާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށާއި އެދުވަހު ބޮޑުފިނޮޅުގައި ހުރި އެ ކުންފުނީގެ ގާނޫނީ ވަކީލު
އަލްއުސްތާޛު އަލީ ސައީދު އާ މަޝްވަރާކުރެވުނު ކަމަށެވެ. 


ބޮޑު ފިނޮޅުގައި ތިބި އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުންނާއި، ބޮޑުފިނޮޅު ހޮޓެލް އެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުން ފިޔަވައި ދެންތިބި ބިދޭސީންނަކީ އެކިއެކި ކުންފުނިތަކުގެ ނަމުގައި ރާއްޖޭގެ ވަޒީފާތަކަށް އައިސް ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންކަން ފާހަގަކޮށް ސިޓީގައި ބުނީ ހަޅުތާލު ހިންގިއިރު ބޮޑުފިނޮޅުގައި ތިބި ހުރިހާ ބިދޭސީންވެސް ބުނެފައިވަނީ، އެމީހުންނަށް ވަޒީފާ ދީގެން ގެންގުޅެނީ އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

އަދި މުވައްޒަފުންގެ މަސައްކަތްތައް ކަނޑައެޅުމާއި އެމުވައްޒަފުންނަށް ދޭނެ މުސާރަ ކަނޑައަޅަނީ އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުންކަމަށް ކުންފުނީގެ ލޯޔަރު މައޫލޫމާތު ދެއްވާ ކަމަށާއި އަދި ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ބަދަލުކުރެވިފައިވާ ލިޔުންތަކަށް ބަލާއިރުވެސް، ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަކީ، އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން މުސާރަ ދެމުން އަންނަ ބިދޭސީން ކަމަށް ވަނީ ބުނެފަ އެވެ. 

ސިޓީގައި ބުނީ ބޮޑުފިނޮޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް، ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓަށް ލިބުނު ޕްރޮޖެކްޓް، ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތްކުރުމަށް ހަވާލުވެފައިވަނީ، އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ކަމަށާއި ދެފަރާތުން ވެފައިވާ އެއްބަސްވުމަށް ބަލާއިރު، ބޮޑުފިނޮޅުގައި ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ މީހުން ހަމަޖައްސައިދިނުމާއި އެމީހުންނަށް މުސާރަ ދިނުމާއި، ކާންދިނުމާއި، އެމީހުންނާ ގުޅޭގޮތުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކީ، އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެެހންކަމުން ބޮޑުފިނޮޅުގައި ހަޅުތާލު ހިންގިއިރު ތިބި، 179 ބިދޭސީންނަށް ނުދެވިވާ މުސާރަ ދިނުމަށް ފަހު އެކަން ކަށަވަރު ކުރެވޭނެ ލިޔުން، 30 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ އޮތޯރިޓީއަށް ހިއްސާކުރުމަށް ވަނީ އެދިފަ އެވެ. އަދި އެގޮތަށް އެކަން ނުކުރާނަމަ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް