ads
ޑައިވަރުން
ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ އެވެ.
Advertisement

އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، މި ފަތުރުވެރިން ހޯދުމަށް ހިންގި ހާއްސަ އޮޕަރޭޝަނުގައި އެމީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެމީހުން ޑައިވް ކުރަން ފޭބި ހޮހޮޅައިގެ (ކޭވް) ތެރެއިންނެވެ.

މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އިޓަލީ ސަރުކާރުގެ ފަރާތުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ.

އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދަނިކޮށް، ހަށިގަނޑުތައް ފެނިފައިވަނީ ކަނޑުގެ އަޑީގައި އޮތް ނުރައްކާތެރި ހޮހޮޅައެއްގެ ތެރެއިންނެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، ހަށިގަނޑުތައް މިހާރު ލޮކޭޓް ކުރެވިފައިވީ ނަމަވެސް، އެ ތަކެތި ހޮހޮޅައިން ބޭރަށް ނެރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ޑައިވްތަކުގައި އެ ހަތަރު މީހުންގެ ހަށިގަނޑު ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރުމަށް މިހާރު ވަނީ ރޭވިފަ އެވެ.

"ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި،" ސިފައިން ބުންޏެވެ.

ގެއްލުނު މީހުން ހޯދަން ހަވާލުކޮށްފައި ވަނީ ޑައިވަރުންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ބަލަހައްޓާ އެމެރިކާގެ އަމިއްލަ ބޮޑު ޖަމިއްޔާއެއް ކަމަށްވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން)އާ އެވެ. އެ ޓީމުގައި ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ހިމެނެ އެވެ. ރާއްޖެ އައި ފިންލެންޑުގެ ތިން ޑައިވަރުންނަކީ ވެސް ހޮހަޅައަށް ފީނުމުގައި ތަޖުރިބާ ހުރި މީހުންނެވެ. އެމީހުން އައީ ވެސް ޓެކްނިކަލް އިކުއިޕްމަންޓާ އެކުގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;