ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދުގެ މެންދުރު 12:57 އެހައިކަންހާއިރުއެވެ.
އެ މީހާ ގެނބިގެން ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ ގދ. ވާދޫ ސިއްހީ މަރުކަޒަށެވެ. އެެހެންނަމަވެސް، އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެކެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ސްޕެއިން ފަތުރުވެރިޔަކު ގެނބިގެން މަރުވެފައި މިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި އިޓަލީގެ 4 ފަތުރުވެރިޔަކު ޑައިވްކުރަން ގެއްލިފައި ވަނިކޮށެވެ. އެ މީހުން ހޯދުމުވެ މަސައްކަތް ކުރަމުން އަންނަތާ މިއަދަށް ފަސްދުވަސް ވެފައިވާއިރު މިހާތަނަށް އެމީހުން ފެނިފައެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;