އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ މާލޭގައި މުޒާހަރާ ކޮށްފައިވާއިރު މުޒާހަރާ ނިންމާލަމުން އަބްދުއްރަހީމް ވިދާޅުވީ މާދަމާ ރޭ ވެސް މުޒާހަރާ ކުރާނެ ކަމަށެވެ. އަދި މާދަމާ ރޭ ހަތަރު ދިމާލެއްގައި މުޒާހަރާ ކުރާނެކަމަށް ވެސް ވިދާޅުވި އެވެ.
މިރޭގެ މުޒާހަރާ މަޖީދީ މަގުން ފަށާ، އެކި މަގުތަކުގައި ކުރިއަށް ގެންދިޔައިރު މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕްޕޭ ސްޕްރޭވެސް ބޭނުންކޮށްފައިވެއެވެ.
މި މުޒާހަރާގައި އިދިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ އިސްފަރާތްތައް ބައިވެރިވާކަން ފާހަގަކުރެވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)ވެސް މުޒާހަރާގައި ބައިވެރިވެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;