ކޮޕް31 ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުނު ދެ ޒުވާުންނަކީ ޔާނިއާ ހުސައިން އިޝާން އާއި ލަސަން ސަބާހް އެވެ. މި ދެ ޒުވާނުން މި ފުރުސަތު ހޯދީ "ޔޫތު ޓްރެކް ޓު ކޮޕް31" ޕްރޮގްރާމުގެ ތެރެއިންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.
މި ދެ ޒުވާނުން ހޮވިފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ސަމިޓުގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދުގެ ތެރޭގައި ހިމެނިގެން ދަތުރުކުރުމަށްކަމަށް މިނިސްޓްރީން ބުނެ އެވެ. މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ލިބުނު މުހިންމު ފުރުސަތެއްކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.
ކޮޕް31 އާ ދިމާއަށް ކުރެވޭ މި ދަތުރުގައި ޔާނިއާ އާއި ލަސަން މަސައްކަތްކުރާނީ ދިވެހި ޒުވާނުންގެ ހިޔާލުތަކާއި، ދެކޭގޮތާއި، އަދި ޒުވާނުންގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި ހުށަހަޅައި، އެ ފަރާތްތައް ތަމްސީލުކުރުމަށްކަމަށް މިނިސްޓްރީން ބުނެ އެވެ. ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަމަށް ޒުވާނުންގެ ހުރި ހައްލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަކީ މި ދަތުރުގެ މައިގަނޑު އެއް ބޭނުންކަމަށްވެސް އެނަވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.
ކޮޕް31 އޮންނާނީ އަންނަ ނޮވެމްބަރުމަހުގެ 9 އިން 20 އަށް ތުރުކީވިލާތުގެ އަންތާލިޔާގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;