ads
ހައުސިން މިނިސްޓްރީގައި ރޯވި ދުވަހު އެތަނަށް ރައިސް ވަޑައިގެން
މިނިސްޓްރީތައް ރޯކޮށްލީކަމަށް ވިދާޅުވުމުން ތަހުގީގަށް ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލުކުރަނީ
ހައުސިން މިނިސްޓްރީގައި ރޯވީ ބަޔަކު ރޯކޮށްލައިގެންކަމަށާއި އެކަން ކުރި މީހުން ފުލުހުންނަށް އެނގޭކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތައް ތަހުގީގުކުރަން ފުލުހުންނަށް ހޯމް މިނިސްޓަރު އަލީ އިހްސާން އަންގަވައިފި އެވެ.
Advertisement

2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އަމީނީ މަގުގައި ހުންނަ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ ހިމެނޭ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތްވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. އަދި އެ ހާދިސާގައި ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީވެސް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. އޭގެއިތުރުން އެތަނުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އިމާރާތައްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށް ފުލުހުން ބުނެފައިވާކަމަށެ ވެ. އަދި އެއްވެސް މީހަކަށް މި މައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން ބުނެފައިވާކަމަށްވެސް އިހްސާން ވިދާޅުވި އެވެ. 

އެހެންނަމަވެސް 5 ސެޕްޓެމްބަރ 2026ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާކަން އިހްސާން  ވިދާޅުވި އެވެ. އެހެންވެ އެ މައްސަލަ ތަހުގީގަށް ރައީސް ޔާމީން ފުލުހުންގެ މަރުކަޒަށް ހާޒިރުކުރަން ފުލުހުންނަށް އަންގާފައިވާކަމަށް އިހްސާން ވިދާޅުވި އެވެ. 

" މިމައްސަލާގައި އެމަނިކުފާނަށް { ޔާމީނަށް } އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރައްވައި، ތަހުގީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް އަޅުގަނޑުވާނީ ދަންނަވާފައި. އަދި ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އަޅުގަނޑުވާނީ ދަންނަވާފައެވެ." އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.

ތިން މިނިސްޓްރީ ރޯވި ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ. އަދި ސިޓީ ކައުންސިލުގެ މަސައްކަތްތައް ވަނީ އެ ކައުންސިލަށް ބަދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;