އަލިފާން ރޯވެފައިވަނީ މައްކާގެ ހަރަމަށް ދާން އޮންނަ އަޖްޔަދް ރޯޑުގައި ހުންނަ ކާތެކތި ވިއްކާ ތަނެއްގައެވެ. މި ތަން ހުންނަނީ އާއްމުކޮށް ދިވެހިން ހަރަމަށް ދާ މަގުގައެވެ. އަދި މިތަނަކީ ދިވެހިން އުޅޭ ހޮޓާތަކާއިވެސް ދާދި ކައިރީގައި ހުންނަ ތަނަކެވެ.
އަލިފާން ރޯވި ތަނަކީ ދިވެހިންވެސް ގިނަ އަދަދަކަށް ކާ ތަކެތި ގަންނަތަނެއްކަމުން އެތަނުގައި އަލިފާން ރޯވިއިރު އެ ސަރަހައްދުގައި ދިވެހިންވެސް ތިބިއެވެ.
މިތަނުގައި އަލިފާން ރޯވެފައިވަނީ މިއަދު މައްކާއަށް މަގްރިބް ނަމާދަށް ގޮވަން ވަރަށް ކައުރިވެފައިވަނިކޮށެވެ. އެއާއި އެކު އެ ސަރަހައްދު ބަންދުކުރުމުން ހަރަމަށް ދާން ދިޔަ ގިނަ އަދަދެއްގެ ދިވެހިންނަށް ހަރަމަށް ނުދެވި އަނބުރާ ހޮޓާތަކަށް އަންނަންވެސް ޖެހުނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވަނީސް ވަނީ އަލިފާން ނިއްވާލާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;