ads
ދިގު ރަށި އެކޮމަޑޭޝަން ބްލޮކޮގައި ރޯވެ އަނދަނީ
ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް ބިދޭސީއަކު މަރުވެއްޖެ
އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ، ފަސް މީހަކު މަރުވެއްޖެއެވެ.
Advertisement

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ ދަންވަރު 2:00 އެހައިކަންހާއިރު ކަމަށެވެ. އަދި މި ހާދިސާގައި ފަސް މީހަކު މަރުވެފައިވާކަަމަށާއި އެއީ ބިދޭސިންކަމަށްވެސް ފުލުހުން ބުނެއެވެ. 

މަރުވި މީހުންގެ އިތުރުން މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި ވަރަށް ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށްވެސް ފުުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;