ads
ސީއެންއެމް ބަދިގެ: ޗީޒް ސޮސެޖް ރޯލްސް
ސީއެންއެމް ބަދިގެ: ޗީޒް ސޮސެޖް ރޯލްސް
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ޗީޒް ސޮސެޖް ރޯލްސް" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

1 ޕާން (ބޮޑު)

1 ޕެކެޓް ޗީޒް (ސްލައިސް)

1 ޕެކްޓް ސޮސެޖް

3 ބިސް

1 ޖޯޑް ފާރޮށި ކުނޑި

3 ޖޯޑު ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޕާން ފޮތިތަށް ކޮންމެ ފޮއްޗެއް ވަކިން ދަމާލާށެވެ. އަދި އެއަށް ޗީޒް ސްލައިސް އެއްބައި ލާފަ، ދެން ހަމަ އެ ޕާން ފޮއްޗަށް ސޮސެޖް އެއް ލާފަ ރަނގަޅަށް ރޯލް ކޮށްލާށެވެ.

އެއަށްފަހު ތަށްޓަކަށް ބިސްކޮޅު އަޅާފަ ކުރިން ރޯލް ކޮށްލި ރޯލްސް ބިސްކޮޅަށް ލާށެވެ.ދެން އެހެން ތަށްޓަކަށް ފާރޮށި ކުނޑި އަޅާ ފަހަރަކު ރޯލް އެއް ފާރޮށި ކުނޑި އެއް ލާށެވެ. މިގޮތަށް ހުރިހާ ޕާން ފޮތިތަށް ވެސް ޗީޒް ސްލައިސް އާ ރޯލް ލައިގެން ރޯލް ކޮށްލާށެވެ.

ދެން ތެއްޔަކަށް ތެޔޮކޮޅު އުދާލާފަ އެއަށް ހޫނު ވީމަ ރޯލް ކޮށްލި ޕާން ފޮތިތަށް އެއަށް ލައިގެން ތެލުލާށެވެ. މިހާރު މިހިރީ ޗީޒް ސޮސެޖް ރޯލްސް ހަދާ ނިމިފައެވެ. މީ ސޯސް ޖަހަލައިގެން ކާލަށް ވަރަށް މީރު ރޯލްސް އެކެވެ.

މީ ވަރަށް ކުޑަ ވަގުތުކޮޅަކުން ހަދާ ލެވޭ ވަރަށް މީރު ރޯލް އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;