ads
ފޮޓޯ: ރައީސް އޮފީސް
މަޓީއިން ނެރުނު ބަޔާނަކީ ސަރުކާރު ގައިގާ ކޮޅުފައިން ޖެހުން: މިނިސްޓަރު ފައްޔާޒް
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ނެރުނު ބަޔާނަކީ ސަރުކާރު ގައިގާ ކޮޅުފައިން ޖެހުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު ބައިވެރިވެވަދައިގެންނެވި ނޫސްވެރިންގެ ބައްދަލުވުން ދެ ގަޑިއިރަށްވުރެއް ދިގު ވެގެން ދިޔައިރު ދެ މިނިސްޓަރުން ވަނީ ނޫސްވެރިންގެ ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވާފައެވެ. 

އެގޮތުން މަޓީއިން ނެރުނު ބަޔާނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވަނީ މަޝްވަރާ ނުކުރާކަމަށް ބުނެފައިވާތީ އެކަމަށް ރައްދުދެއްވާފައެވެ. 

"މަޓީގެ ތިވިދާޅުވާ ޕްރެސް ސްޓޭޓްމެންޓް އަޅުގަނޑުވެސް ދެކުނިން. ދެން އަޅުގަނޑަކަށް ނޭންގެ އަޅުގަނޑު އެހެންވީމަ ވާހަކަ ދައްކަމުން މިޔޮށްހާ ދުވަހު އެ ދެވުނީ މަޓީގެ ބޭފުޅުންނޫން ބޭފުޅުންނާހެން އަޅުގަނޑަށް  ހީވަނީ މިވީގޮތުން. އަޅުގަނޑު ހީކުރީ މަޓީގެ ބޭފުޅުންނާކަމަށް އަޅުގަނޑަށް ވާހަކަ ދައްކަމުން ދެވުނީ. އެހެން ނަމަވެސް އެބޭފުޅުން އެ ވިދާޅުވީ އެބޭފުޅުންނާ ވާހަކައެއް ނުދައްކައޭ. އެހެންމާ އަޅުގަނޑު ޖެހޭނީ ބަލާލަން އެ ވަޑައިގެންނެވި ބޭފުޅުން ސިފަ ބަދަލުކުރައްވައިގެން ވަޑައިގެންނެވި ބޭފުޅުންނެއްތޯ."

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މަޓީއާއި ވާހަކަ ދައްކަމުން ދިޔަކަމަށެވެ. އެގޮތުން ލޮކްޑައުން އަންނަންދެން ހަފްތާއަކު އެއްދުވަހު ބައްދަލުކުރަމުން ގޮސް ތިން ބައްދަލުވުން ބޭވުނު ކަމަށެވެ. އަދި އެ ބައްދަލުވުންތަކަށް މަޓީގެ ފަރާތުން ކަމަށް ވިދާޅުވެ ބޭފުޅުންތަކެއް ވަޑައިގެންނެވި ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ. 

ރިލީފް ޕެކޭޖް ނެރޭވާހަކަ އާއި އޭގެ ތަފްސީލުވެސް އެ ބައްދަލުވުންތަކުގައި ހިއްސާކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހުރިހާ ބޭފުޅުންވެސް އެ އަދަދު މަދުކަންވެސް ފާހަގަކުރެއްވި ކަމަށް ވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ ވިޔަފާރިއަށް އެހީވާއިރު އެ އެހީގެ ތެރެއިން ވަޒީފާ ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ މުހިންމު މައިގަނޑު މަގުސަދުކަމަށެވެ. އެހެން ކަމުން އެހީދެވޭނީ އެ ވަޒީފާތައް ރައްކާތެރިކުރުމާއި ގުޅުވައިގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މަޓީގެ ހުށަހެޅުންތަކާއި އެއްކޮށް ސަރުކާރަށް އެއްބަސްވެވޭނެކަންކަމާއި އެކު ސިޓީ އެއް ފޮނުވި ކަމަށާއި، އޭގެތެރޭގައި ރިސޯޓްތަކުގެ ކުލިން އެއްކުއާޓާ ލަސްކޮށްދެވޭނެގޮތަށް ހިމެނުނުކަމަށެވެ. އަދި ބަދަލުގައި މުވައްޒަފުންގެ މުސާރައިގެ ކަންކަމުގައި 8000 އިން ދަށުގެ މުވައްޒަފުންގެ މުސާރަ އުނިނުކުރުމާއި އޭގެ މަތިން ބައެއް މުސާރައިގެ ވަކި އިންސައްތައެއް އުނިކުރުމާއި އެހެން ނަމަވެސް އޭޕްރިލް މަހުގެ މުސާރައިން އެއްވެސް އެއްޗެއް އުނިނުކުރުމަށް މަޓީން އަމިއްލަޔައް ހުށަހެޅިކަމަށެވެ. އަދި އޭގެ އިތުރުންވެސް އެކަމާއި ގުޅިގެން މަޝްވަރާތައް ކުރިއަށް ދިޔަކަން މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވި އެވެ. 

"މަޓީން އެ ނެރުނު ބަޔާނަކީ މިވަގުތު މިހާލަތުގައި ސަރުކާރު ގައިގާ ކޮޅުފައިން ޖެހުމޭ އަޅުގަނޑު ދަންނަވާނީ."

މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެމަނިކުފާނަށް ވެގެންވާނަމަ ހުރިހާ ވިޔާފާރިތަކެއްގެ މުވައްޒަފުން ހިފަހައްޓާވަރަށް ސަރުކާރުން ފައިސާ ދޭނެކަމަށެވެ.އަދި ކުރެވޭނަމަ ކޮންމެ ރައްޔިތަކަށްވެސް އެހީތެރިވުމުގެ ގޮތުން ފައިސާ ދޭނެކަމަށާއި، އެހެން ނަމަވެސް ކަންކަން ކުރެވޭނީ ދައުލަތުގެ ނިޒާމު އޮންނަ ގޮތެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރަމުން މިއަންނަނީ ދައުލަތުން ކުރެވެން އޮތް އޮންމެ ރަނގަޅަށް މިކަންކަން ކޮށްދެމުން ކަން ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް