ads
ނޯތު ހާބަރު ސަރަހައްދު ތަރައްގީކޮށް ނިންމާފައި
ނޯތު ހާބަރުން ނަގާ ފީ ބޮޑުކުރަން މަޝްވަރާއެއް ނުކުރޭ
މާލޭގެ އުތުރު ފަރާތުގައި އޮންނަ ވިޔަފާރި ބަނދަރު ބޭނުން ކުރާ އޮޑި ދޯނިފަހަރުން ނަގާ ފީތައް ބޮޑު ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް އެމްޕީއެލްއިން މިއަދު ދޮގުކޮށްފި އެވެ.
Advertisement

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ ކަނޑު އުޅަނދުފަހަރުން ނަގާ ފީ ބޮޑުކުރަން ނިންމާފައިވާ ކަމަށް ބުނެ، މިހާރު ކުރިއަށް ގެންދާ ލޯކަލް އިލެކްޝަންގެ ކެމްޕެއިންގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާފައިވާތީ އެވެ. 

އެ ވާހަކަތަކަށް ރައްދުދީ، އެމްޕީއެލުން ބުނީ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާ އެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށެވެ. 

"އެހެންކަމުން، މިކަމާ ގުޅޭ ގޮތުން ދެއްކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެކެވެ،" ބަޔާނުގައި ވެ އެވެ.

މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަށް ފަހު، އެ ޒޯންތައް އަލުން ހުޅުވައިލިއިރު، އެމްޕީއެލުން އަމަލުކުރަމުން އައި އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓަރީ ނުކުރާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެމްޕީއެލްގެ އަމާޒަކީ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް އެމްޕީއެލްއިން ބުންޏެވެ. އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ބައެއް ބަދަލުތައް ގެނެސްފައިކަމަށް އެމްޕީއެލުން ބުންޏެވެ.

އެ ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޕީއެލުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;