ads
ސައުދީ އިން ހަދިޔާކުރި ކަދުރުު އޮފީސްތަކާއި ކޮލެޖްތަކަށް ބަހަނީ
ސައުދީން ހަދިޔާކުރި ކަދުރު އޮފީސްތަކާއި ކޮލެޖުތަކަށް ބަހައިފި
ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސްއިން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި ކަދުރު، އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހައިފިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ހަވާލު ކުރި 15 ޓަނުގެ ކަދުރު ރަސްމީކޮށް ރާއްޖޭގެ މިނިސްޓްރީ އާ ހަވާލުކޮށް ދެއްވީ ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްތާނީ އެވެ. ރާއްޖޭގެ ފަރާތުން މި ކަދުރާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ކޮންމެ އަހަރަކު ރޯދައަށް ދިވެހިންނަށް ބެހުމަށް ސައުދީ ފޮނުވާ 50 ޓަނުގެ ކަދުރު އަދި ރާއްޖެއަށް ނުލިބެ އެވެ. މިދިޔަ މަހު އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން ދޭ 50 ޓަނުގެ ކަދުރު ޝިޕްމަންޓް މިވަގުތު ވަނީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށެވެ. އަދި އެތަކެތި އައުމުން މުޅި ރާއްޖެއަށް ކަދުރު ބަހާނެކަމަށް މިނިސްޓްރީން ބުނެއެވެ.  

ސައުދީ އަރަބިއްޔާއިން މިނިސްޓްރީއަށް ކަދުރު ހަދިޔާކޮށްފައިވާއިރު ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ކުރިއަށްގެންދާ ރޯދަ ވީއްލުމުގެ ހާއްސަ ޕްރޮގްރާމް މިހާރު ވަނީ ފަށާފަ އެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;