ads
އާމިނަތު މަލްޝާއާ އިނާމު ހަވާލުކުރަނީ. - ފޮޓޯ/އުރީދޫ
އުރީދޫން ދޭ 16 ވަނަ އުމްރާ ދަތުރު އާމިނަތު މަލްޝާއަށް
އުރީދޫން ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 16 ވަނަ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.
Advertisement

ށ. ގޮއިދުއަށް އުފަން އާމިނަތު މަލްޝާއަށް މި ލަކީޑްރޯގައި ލިބުނީ އުމްރާ ދަތުރެކެވެ. 

ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ލިބޭ އެ ޕްރޮމޯޝަނުގައި ބާކީ ތިން ނަސީބުވެރިން ކޮންމެ 20 ދުވަހަކުން ހޮވާނެ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ ދެ މީހެއްގެ ހައްޖު ދަތުރެކެވެ.

މި ކެމްޕެއިނުގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭއިރު، 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ކެމްޕޭނަށް އެންރޯލްވެ އެވެ.

މީގެ އިތުރުން އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުން ކުރުމުން ވެސް ކެމްޕެއިނުގައި ބައިވެރިވެވެ އެވެ. 

އުރީދޫއިން ބުނީ މި ކެމްޕެއިން ކުރިއަށްގެންދަނީ އެ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަން ކުރަން ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;