މި ދެ މުވައްސަސާގެ މުވައްޒަފުންގެ މުސާރައަށް އައި ބަދަލު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ނިންމާފައެވެ. އެގޮތުން ކަސްޓަމްސް އާއި ކަރެކްޝަންސްގެ ހުރިހާ ދާއިމީ މުވައްޒަފުންނާއި އޮފިސަރުންގެ މުސާރައަށް ބަދަލު އަންނާނެއެވެ.
މި ބަދަލު ގެންނަނީ ނެޝަނަލް ޕޭ ފްރޭމްވޯކާ އެއްގޮތަށް މުވަައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތަކުގެ ދަށުންނެވެ. އެގޮތުން މި ދެ މުއައްސަސާގެ މުސާރަތައް ބޮޑު ކުރުމަކީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ޕޭ ހާމަނައިޒް ކުރަން ހަރަދުކުރާ 1.6 ބިލިއަން ރުފިޔާގެ ތެރޭގައި ބަޖެޓުކޮށްފައި އޮތް ކަމެކެވެ.
މި ބަދަލާއި އެކު ކަރެކްޝަންސްގެ މުވައްޒަފުުންގެ މުސާރައަށް ބަދަލުތަކެއް މި އަންނަނީ ގާތްގަނޑަކަށް 11 ވަރަކަށް އަހަރު ފަހުންނެވެ. އެންމެ ފަހުން ކަރެކްޝަންސްގެ މުސާރަ ބޮޑުކުރީ 2015 ގަެވެ.
މިދިޔަ ނޮވެމްބަރުން ފެށިގެން ސިވިލް ސާވިސް އާއި ދައުލަތުގެ އެހެން މުވައްސަސާތަކުގެ މުސާރަތައްވެސް ވަނީ ބޮޑުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;