އުރީދޫން މިއަދު ބުނި ގޮތުގައި، މި ހަރަކާތް މި މަހު 26ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެގޮތަށް ނިންމީ، އެ ކުންފުނިން ބުނި ގޮތުގައި، މުޅި ރާއްޖޭން މި ހަރަކާތަށް ލިބެމުން އަންނަ ބޮޑު ތަރުހީބަށް ބެލުމަށް ފަހު އެވެ.
އުރީދޫ އިން ބުނީ މި ބަދަލާއެކު 100,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ހުޅުވާލާފައިވާ ކަމަށާއި މިއީ މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ.
މި 100,000 ރުފިޔާގެ މި ގްރޭންޑް ޕްރައިޒް ބަންޑަލްގައި އެންމެ ފަހުގެ 2 ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި އިނާމު ހިމެނެ އެވެ.
އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ "ކަރާ ފެޅުން" އަކީ މަޖާ، ވާދަވެރި އަދި ދުވަހުން ދުވަހަށް އިނާމު ލިބޭ، ރަމަޟާން މަހުގެ ވަރަށް މަގުބޫލު ހަރަކާތެކެވެ. ބައިވެރިންނަށް "ކަރާ ކުއެސްޓް" ފަދަ ފީޗާތައް މެދުވެރިކޮށް ކުޅެ، ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެ އެވެ.
ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ދުވަހުން ދުވަހަށް ލިބޭ ހަދިޔާތައް ވެސް ކުރިއަށްދާނެ އެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމުތަކާއި، އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތި ހިމެނެ އެވެ.
މި މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ކަރާ ފެޅުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި މުޅި ރާއްޖޭގެ އެކު ކަންކޮޅުތަކުން ކަސްޓަމަރުން މި ހަރަކާތުގައި ބައިވެރިވާތަން ފެނުމަކީ ލިބޭ އުފަލެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ ހުރިހާ ކަސްޓަމަރުންނަށް މި ފޯރީގައި ބައިވެރިވެ، 'ކަރާ ފެޅުން' ކުޅެ، މި އިތުރު ފުރުސަތުގެ ބޭނުން ހިފައި، ބޮޑެތި އިނާމުތައް ހޯދުމަށް ދައުވަތު އަރުވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;