މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި އޭޓީއެމްއަށް ގެއްލުންދީފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އޭޓީއެމް މެޝިނުން ފައިސާ ނެރުމަށް ހުންނަ ކޭޝް ޑިސްޕެންސާގެ ތެރެއަށް ވަނީ ފިހިގަނޑެއް ކޮއްޕާލައި ގެއްލުން ދީފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވާދޫ އޭޓީއެމްއަށް ގެއްލުންދިން މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.