މިއަދު ހަވީރު 4 އިން ރޭގަނޑު 10އާ ހަމައަށް ސީގަލް ކެފޭއަށް އާއިލާ އާއި ރަހުމަތްތެރިންނާ އެކު ޒިޔާރަތްކޮށް، މީރު އައިސްކްރީމާ އެކު އުފާވެރި ވަގުތެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގުޕޭ އެޕް ޑައުންލޯޑްކުރުމަށް ފަހު، ރަޖިސްޓަރީކޮށްގެން ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ވެސް މިއަދު އެއް ރުފިޔާއަށް އައިސްކްރީމް ލިބޭނެ އެވެ.
ދިރާގުޕޭއިން ވަނީ މިދިޔަ އަހަރު ވެސް މިފަދަ ޕްރޮމޯޝަންތަކެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފަ އެވެ. މި ގޮތުން ދިރާގުޕޭގެ ޕާޓްނަރު އައުޓްލެޓްތަކާ ގުޅިގެން، ކޮފީ، ޝަވަރުމާ އަދި ވޮފުލް ފަދަ ތަފާތު ކާބޯތަކެތި އެންމެ ރުފިޔާއަކަށް ވަނީ ފޯރުކޮށްދީފައެވެ.
ދިރާގު ފިންޓެކްގެ އަމާޒަކީ، މި ޕްރޮމޯޝަންގެ ޒަރިއްޔާއިން އާއިލާއާއި ރަހުމަތެރިންނާއެކު އީދު ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، އީދު އިތުރަށް ހާއްސަކޮށްދިނުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;