ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް
ރާއްޖޭގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމަށް ދިރާސާގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ފިޔަވައްސަކަށް ބަހާލައިގެން އެ މަސައްކަތް ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ ސަރަހައްދެއްގައި ވެސް އޮއިލް ރިޒާވް ގާއިމުކުރުމަށް ގާތްގަނޑަކަށް ދޮޅު އަހަރާއި ދެ އަހަރުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ. 

ރައީސް ވިދާޅުވީ ދުރު ރާސްތާއަށް ވިސްނައި ބައެއް ކަންކަން ކުރަން ރާވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގައި ތެލުގެ ނެޝަނަލް ރިޒާވެއް ގާއިމް ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމް ކުރަމަށްޓަކައި ކުރެވޭނެ ކަންތައްތަކުގެ ދިރާސާ މަސައްކަތްތަކެއް ފެށިފައި މި އޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ގާއިމް ކުރަން މަސައްކަތް ފަަށާފައިވާ ކަމަށެވެ. 

ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށްވުމާއެކު އެންމެ ފުރަތަމަ ދުނިޔޭގައި ހިނގާ ކަމަކުން ހާއްސަން އަންނަނީ ތެލަށެވެ. އަދި ކޮންމެ އަހަރަކު ރާއްޖެއަށް 900 މިލިއަން ޑޮލަރުގެ ތެޔޮ ރާއްޖެއަށް އެތެރެކުރަން ޖެހެ އެވެ. 

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން އަންނަނީ މެދުއިރުމަތީގައި އެ ދެ ގައުމުގެ މަސްލަހަތު އޮތް ތަންތަނަށް ހަމަލާ ދެމުންނެވެ. އޭގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފައިވުމުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރޫޓްތަކުން ދަތުރުތައް ވަނީ މަދުވެފަ އެވެ.

މީގެ އިތުރުން، ތެލުގެ ބޮޑެތި ޝިޕްމެންޓްތައް އުފުލާ ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ސަޕްލައި ޗެއިންއަށް ބުރޫ އަރައި ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;