ads
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހަވާލުކުރުން. ފޮޓޯ: ހައުސިންގ މިނިސްޓްރީ
ދެ ކެޓަގަރީއަކުން ގޯއްޗާއި ފުލެޓަށް ފޯމު ހުށަހަޅާ ތާރީހަށް ބަދަލެއް ގެނެސްފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓު ދޫކުރާ ދެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
Advertisement

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހާއްސަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"ގެ ދަށުން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހު އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު 11:00 އަށް މިހާރު ލަސްކޮށްފައިވާ ކަމަށެވެ.  

އެ މުއްދަތު ފަސްކުރަން ޖެހުނު ސަބަބެއް މިނިސްޓްރީން އަދި ނުބުނެ އެވެ. 


"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "ގޯތިގެދޮރު" ޕްރޮގްރާމްގެ "ބިންވެރިޔާ"ގެ ދަށުން ފޯމު ހުށަހެޅުން ފަސްކޮށްފައިވާ ދެ ކެޓަގަރީއަކީ:

  • ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައި، ގޯތި ލިބިފައިވާ ފަރާތްތައް.
  • ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތައް.

އެ އިއުލާނާއެކު މިނިސްޓްރީން އެކުލަވައިލި އުސޫލުގައިވާ ގޮތުން "ބިންވެރިޔާ" ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިގެން ގޯތި ލިބުނު މީހުންގެ ތެރެއިން އެ ފޯމުގައި ގުޅިފައިވާ ހުރިހާ އެންމެން އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ގޯތި ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް އޮތީ ހިމަނައިފަ އެވެ.

އަދި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެއެވެ. މި އުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމާލެއިންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ ފުލެޓަށް ފޯމުލާއިރު، ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދިނުމަށް ސިއްހީ ހިދުމަތްދޭ މަރުކަޒަކުން، ލައިސަންސް ލިބިފައިވާ ޕްރެކްޓިޝަނަރަކު ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ. މި ކެޓަގަރީއަށް ކުރިމަތިލެވޭނީ މާލީ ހާލަތު ހުރި ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތް، އަދި މާލެ ސަރަހައްދުން ފާއިތުވި އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހުންނަށެވެ.

"ބިންވެރިޔާ" ހާއްސަ ސްކީމްގެ އިތުރުން، ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ހުޅުވާލި ފްލެޓާއި ގޯތި ޕްރޮގްރާމުތަކުގައި އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ލިބިފައިވާ ނަމަ، ކުރިމަތިނުލެވޭ ގޮތަށް އޮތުމުން ރައީސް ވަނީ ވަކިން އެ މައްސަލަ ހައްލުކުރުމަށް "ގޯތި-ގެދޮރު" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިއުލާން ކުރައްވައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;