އެންމެ ގިނައި ދިވެހިން އޮންލައިން ވިޔަފާރިކުރަމުން އަންނަ ޝީއިން އާއި ޓީމޫ ފަދަ ވެބްސައިޓްތަކުން ވިޔަފާރިކުރެވޭ މިންވަރު ވަކި އަދަދެއް ކަނޑައަޅެމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޑޮލަރު ލިބުމުގެ ދަތިތައް ހައްލުކުރުމަށް ބޭންކަށް ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު މިދޔަ އަންގާރަ ދުވަހު ބޭންކުން ވަނީ ހުޅުވާލައިފައެވެ. އެއާއި އެކު ބޭންކުން މިހާރު ވަނީ ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ޕްލެޓްފޯމުތަކަށް ކޮންމެ ދުވަހަކަށް ކަނޑައަޅާފައި އޮންނަ ލިމިޓު އިތުރުކޮށްފައެވެ.
ބޭންކުން ޑެއިލީ ލިމިޓެއް ކަނޑައެޅުމުން ދުވަސް ފެށޭއިރު ލިމިޓު ހަމަވެ އެކަމުގެ ޝަކުވާތައް އޮތީ ވަރަށް ބޮޑުވެފައެވެ. އެހެންނަމަވެސް އިއްޔެ އިން ފެށިގެން ދުވާލުގެ އެކި ގަޑިތަކުގައި ވިޔަފާރި ކުރެވެއެވެ. އެގޮތުން ރޭގަނޑުވެސް ސައިޓްތަކުން މިހާރު ވިޔަފާރިކުރެވެއެވެ.
ބޭންކަށް ޑޮލަރު އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން ޑޮލަރުން އިންވެސްޓްކުރާ އަދަދަކަށް ހަމަ އެވަގުތު ދިވެހި ރުފިޔާއިން އަރާވަރު ލިބޭނެކަމަށް ބޭންކުން ވަނީ ބުނެފައެވެ. އަދި ޖެހިގެން އަންނަ ދުވަހު އެ ޑޮލަރު ބޭންކުން އެކިކަންކަމަށް ހަރަދުޔުކޮށްގެން ލިބޭ ފައިދާއިން 25 އިންސައްތަ ޑޮލަރު އިންވެސްޓްކުރު މީހާއަށް ލިބޭނެކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.
ބޭންކަށް ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް 25 އިންސައްތަގެ ފައިދާއެއް ދެނީ ކާޑުގެ ކަންކަމަށް ނަގާ 30 އިންސައައިގެ ފީގެ ތެރެއިންކަމަށް ބޭންކުން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;