ads
"ދުރަންދަރު 2"ގެ ޕޯސްޓަރެއް
"ދުރަންދަރު 2" އަށް ފުރަތަމަ ދުވަހު އިންޑިއާއިން އެކަނި 102 ކްރޯޑް ރުޕީސް
އިންޑިއާގެ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ "ދުރަންދަރު" ގެެެ ދެވަނަ ބައި "ދުރަންދަރު 2: ދަ ރިވެންޖް" އިންޑިއާގެ ބޮކްސް އޮފީހުގައި ތާރީހީ ކާމިޔާބީއެއް ހޯދައިފި އެވެ.
Advertisement

ބައިބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އާ ފިލްމު އަށް ފުރަތަމަ ދުވަހު އިންޑިއާގައި އެކަނިވެސް 102.55 ކްރޯޑް ރުޕީސް (ޕެއިޑް ޕްރިވިއުތަކާ އެކު ޖުމްލަ 145.55 ކްރޯޑް ރުޕީސް) ވަނީ ލިބިފަ އެވެ. 

"ދުރަންދަރު" ގެ މައިގަނޑު ކާސްޓުންނަކީ ރަންވީރުގެ އިތުރުން އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު، އާރް މާދްވަން އަދި ޒުވާން ބަތަލާ ސާރާ އަރުޖުން އެވެ. "ދުރަންދަރު"ގެ ދެވަނަ ފިލްމުގައި ދައްކަނީ ފުރަތަމަ ފިލްމުގައި ހިނގި ކަންކަމުގެ ކުރިންނާއި އޭގެ ފަހުން ހިނގާ ކަންކަމެވެ. 

ކުރީގެ ބަޔާ ހިލާފަށް ދެވަނަ ބައި ގެނެސްދެނީ ހިންދީ ބަހުގެ އިތުރުން ތަމަޅަ، ތެލެގޫ، ކަންނާޑާ އަދި މަލަޔާޅަމް ބަހުން ވެސް ޑަބްކޮށްގެން ކަމަށްވާތީ "ދުރަންދަރު: ދި ރިވެންޖް" އަކީ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދާނެ ފިލްމަކަށްވާނެކަމުގެ ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެއީ މިދިޔަ އަހަރު ގެނެސްދިން "ދުރަންދަރު"ގެ ފުރަތަމަ ފިލްމަށް ވެސް ރެކޯޑް އާމްދަނީއެއް ލިބިފައިވުމެވެ. 

"ދުރަންދަރު 2" މިހާރު ވަނީ ދެކުނުގެ އިންޑިއާގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ބާހުބަލީ 2" (121 ކްރޯޑް ރުޕީސް) އަދި "އާރުއާރުއާރު" (133 ކްރޯޑް ރުޕީސް)ގެ ރެކޯޑްތައް ވެސް ފަހަތަށް ޖައްސާލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;