މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ ހެންވޭރު ފެރީ ޓާމިނަލާއި މަސްވެރިން ޕާކާއި ދެމެދު އޮންނަ ޖެޓީ ސަރަހައްދުގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް މިހާރު ފަށާ އެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.
މި މަސައްކަތް ނިންމައި ހުޅުވެންދެން މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ބަންދުވާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަހުގެ 30 އިން ފެށިގެން މަސައްކަތް ނިންމެންްދެންް ފަސް ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ވެސް ބަންދު ވާނެކަމަށް އެމްޓީސީސީން ބުނެެއެވެ.
ބޮޑުތަކުރުފާނުމަގުގެ ހެންވޭރުކޮޅަށްް އޮންނަ ބައި ހެދުމުގެ މަސައްްކަތް ކުރަނީ
ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;