މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގެތަކަށް ގެއްލުންލިބުނު ބައެއް ފަރާތްތަކާއި ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ބައްދަލުކުރައްވައިފި އެވެ.

Advertisement
މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގެތަކަށް ގެއްލުން ލިބުނު ބައެއް ފަރާތްތަކާއި ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފި އެވެ.
އެކަން ހާމަކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާތަނަށް ސަރުކާރުގެ ފަރާތުން އެ ފަރާތްތަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަން އެ ފަރާތްތަކުން ބަލައިގަންނަ ކަމަށެވެ.
އަދި އޭގެ އިތުރުން އެ ފަރާތްތަކުގެ އިތުރު ކަންބޮޑުވުންތައް މި ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަންކަމުގެ އިތުރު ތަފްސީލެއް ރައީސް މައުމޫން ދެއްވާފައެއް ނުވެއެވެ.
ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 35 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެ އެވެ.

ފޮޓޯ: ސޯޝަލް މީޑިއާ
ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ. އެ ހާދިސާގައި އެކަކު މަރުވިއިރު 600 އެއްހާ މީހުން ހާލުގައި ޖެހުނެވެ.