ފުވައްމުލަކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒް އަބްދުﷲ ސައުދާން އެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ފަރާތްތަކާއި ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.
ފުވައްމުލައް ގުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ހިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީން ރޫމެއް ހިމެނެ އެވެ.
އިސްލާމީކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި އެ މަރުކަޒު ހުޅުވުމަށް ފަހު ގުރުއާން ހިފްޒުކުރުމުގެ ޕްރޮގުރާމުތައް ފުވައްމުލަކުގައި އިތުރުކޮށް މުދައްރިސުންގެ އަދަދު ވެސް އިތުރު ކުރާނެ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެގޮތުން މިހާރު ވެސް 16 މަރުކަޒެެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;