ads
ސްޓެލްކޯގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕްރޮގްރާމް އިފްތިތާހު ކުރުން. - ފޮޓޯ: ސްޓެލްކޯ
އަތޮޅުތެރޭގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ސްޓެލްކޯއިން ކޯހެއް ފަށައިފި
ރާއްޖޭގެ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ސްޓެލްކޯ އިން ހިންގާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
Advertisement

ސްޓެލްކޯއިން ރޭ ބުނީ އެ ޕްރޮގްރާމަކީ "ސެޓްފިކެޓް ލެވެލް 3 އިން ވޯޓާ ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް"ގެ ކޯހެއް ކަމަށެވެ.

މިއީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ހުނަރާއި ގާބިލުކަން ސްޓެލްކޯގެ މުވައްޒަފުންގެ ކިބައިގައި އަށަގަންނުވައި، ގައުމީ ފެންވަރުގައި ބަލައިގަނެވޭ ފެންވަރުގެ ސަނަދެއް މުވައްޒަފުންނަށް ހޯދައިދިނުމަށް ފެށުނު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ. 

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ސްޓެލްކޯ އިން ހިދުމަތްދޭ އެކި ރަށްތަކުގެ ޖުމްލަ 60 މުވައްޒަފުން ބައިވެރިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;