ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގައިވެސް ބީއެމްއެލްގެ ބްރާންޗުތައްް ހުޅުވުމަށް މަސައްކަތް އެ ބޭންކުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަވައްޓެރި ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށް ލައިސެންސް ހޯދަން އެ ގައުމުގެ ސެންޓްރަލް ބޭންކަށް ހުށަހަޅާފައިވާ ޝަރީފު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ބޭންކެއްގެ ބްރާންޗެއް ހުޅުވޭއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ ބޭންކުގެ ރައުސުލްމާލު ރަނގަޅުވާންޖެހޭ ކަމަށެވެ. އެގޮތުން ބޭންކުގެ ކެޕިޓަލް މިހާރު 16 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް ރާއްޖޭން ބޭރުގައި ބްރާންޗެއް ހުޅުވާއިރު ކެޕިޓަލް އެއަށްވުރެވެސް މަތިވާން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް ވަނީ 2.5 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
ބީއެމްއެލްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތުގެ ދަށުން އައްޑުއާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ 18 އަތޮޅެއްގައި ބީއެމްއެލްގެ 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު އަންނަނީ ހިންގަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;