ads
އުއްތަމަ ފަނޑިޔާރު
ފެންނަ ނުފެންނަ ހުއްޓުވަން ހުށަހެޅި މައްސަލަ މާދަމާ ފަށަނީ
ފެންނަ ނުފެންނަ ހުއްޓުވަން ހުށަހެޅި މައްސަލަ މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

ސުޕްރީމް ކޯޓުގައި މާދަމާ މި މައްސަލަ ފަށާއިރު، ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. 

މާދަމާ ހެނދުނު 10:30 ގައި މި މައްސަލަ ފަށަން ތާވަލުކޮށްފައިވާއިރު، މައްސަލައިގެ ބެންޗުގައި އުއްތަމަ ފަނޑިޔާރާއެކު ދެން ހިމެނެނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު، އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއެވެ. 

މިއީ، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލަ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ.

މި މައްސަލަ ރައްދުވަނީ އެޓަރނީ ޖެނެރަލްގެ އޮފީސް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;